އިޖުތިމާއީ މައްސަލަ

“މަރުހަބާ ބްރޯ". މިއީ މީގެ އަހަރުތަކެއް ކުރިން ސަރުކާރު އޮފީހެއްގެ މެނޭޖަރު ފާޑުގެ މަގާމަކަށް އައްޔަނުކުރި މީހަކަށް މަރުހަބާކިޔަން ރައްޓެއްސަކު ލިޔެފައިއޮތް ޕޯސްޓެކެވެ. ރަހުމަތްތެރިޔާ ކައިރިން މިއީ ކާކުތޯ އޮޅުން ފިލުވާލީމެވެ. ކަމަކު ދާކަށްނެތެވެ. ކިޔެވީ ރަށު ސުކޫލުގެ ގްރޭޑު ހަތަކާއި ހަމައަށެވެ. ސުކޫލުން ކަނޑާލީ ނުލަފާކަމުން ނުގެންގުޅެވިގެންނެވެ. ރިސޯޓެއްގެ ވަޒީފާގައި ދުވަސްކޮޅަކު އުޅުމަށްފަހު ދެން ރަށަށްއައިގޮތަށް އަތުން ފައިން މަސައްކަތެއް، ވަޒީފާއެއް އަދައެއް ނުކުރެއެވެ. ރަށުގައި އޭނާ ކަންޓްރޯލުކުރާ އެކަށީގެންވާ އަދަދެއްގެ “ޒުވާނުން”ކޮޅެއް އުޅެއެވެ. ލާރިހޯދާގޮތެއް ނޭނގޭކަމަށްވެއެވެ. ކެންޕެއިނަށް އަންނަ ހުރިހާ ޕާޓީއެއްގެ ހުރިހާ ކެނޑިޑޭޓުންވެސް ފުރަތަމަ އެރަށުން ހޯދާއެކަކީ އޭނާއެވެ. އިންތިހާބާއި ދިމާކޮށް ހަމަޖެއްސީ މިކިޔާ މެނޭޖަރުގެ މަގާމެވެ. އާންމު އުސޫލަކުންނަމަ މަދުވެގެން ޑިގުރީއެއް އޮންނަ މީހަކަށް އަދާކުރެވޭ ވަރުގެ ވަޒީފާއެކެވެ. އެތައް ބަޔަކަށް ހިދުމަތް ދޭން އިންނަ ގޮނޑިއެކެވެ. ކޮމްޕިއުޓަރުން ކަމެއް ކުރުން ބާއްވާފައި ރަނގަޅަށް ލިޔަން ކިޔަންވެސް، ހެޔޮކޮށް ގަލަމެއްގައި ހިފަހައްޓާންވެސް ނޭނގެއެވެ.
ކެންޕެއިނެއްގައި ކެނޑިޑޭޓަކާއިއެކު ގެއަކަށް ދިޔަ މީހަކު ކިޔައިދިން ވާހަކައެކެވެ. އެ ގޭގައި 10ވަރަކަށް ވޯޓު އޮތީމާ ވަރަށް މުހިންމު ކަމަކަށް ހަދައިގެން ޓީމެއް ގޮވައިގެން އެގެޔަށް ކެނޑިޑޭޓު ދިޔައެވެ. ގޭގައި ތިބީ މަންމައާއި ބައްޕައާއި ދަރިންނެވެ. އެންމެން ފެންޑާއަށް އެއްކުރުމަށްފަހު ކެނޑިޑޭޓު ވާހަކަ ފެށިއެވެ. ރަށާއިމެދު ކުރެވޭ ތަސައްވުރާއި، ރަށަށް ކޮށްދޭނެ ކަންކަމެވެ. ވަކި ހިސާބާކުން ދައްތަ އަތުގެ އިޝާރާތުން ހުއްޓުވާލުމަށްފަހު ވާހަކަ ފެށިއެވެ. ދޮށީމަންޖެއަށް ފްރޮމޯޝަނެވެ. ފެނަކަޔަށް ވަދެ އަހަރުވެސް ނުވާ ދައްތަގެ ފިރިމީހާ ޖަމީލުއަށް ޕުރޮމޯޝަނެވެ. ހަގަށް ދެވަނައަށް ހުރިމަންޖެއަށް އެއާޕޯޓުން ފަނަރަހާސް ލިބޭވަރުގެވަޒީފާއެކެވެ. މިވަރުން 10 ވޯޓު ޔަގީނުންވެސް އެއީ ތިބޭފުޅާއަށް ކަމަށް ހުވާކުރިއެވެ. ގައިމު އަހަރެމެން ކުޑައިރު މަންމަމެން ކިޔަނީ ރަނގަޅު ވަޒީފާއެއް ލިބޭނީ ރަނގަޅަށް ކިޔަވައިގެން ކަމަށެވެ. ނަމަވެސް، މިހާރު މުޅި ރާގު ބަދަލުވެ، ލަވަ ބަދަލުވެ މަންމަވެސް އެ ހުންނަނީ ދަރިގޮވައިގެން، ދަރިއަށް ކުފޫ ހަމައެއްގޮތަކަށްވެސް ހަމަނުވާ، މީހާގެ ފައިގެ ސައިޒަށްވުރެ މާބޮޑު ބޫޓަކަށް އަރުވައިގެން ނުކުމެއެވެ.
ގައިމުވެސް މިރޮނގުން ގައުމު ހަލާކުވެ ނިމިއްޖެއެވެ. ހަލާކުވީ އިއްޔެއަކު މިއަދަކުވެސް ނޫނެވެ. “ޕްރީ ސްކޫލު” ޖަގަހައިން ވަޒީފާ ފޯމު ފުރައިގެން ބަރިބަރިއަށް މީހުން މުއައްސަސާތަކަށް ވައްދާން ފެށުން އެއީ މިކަން ހައްދުން ނެއްޓުމުގެ ފެށުމެވެ. އިއުލާނު ނުކޮށް އެއްވެސް މަގާމަކަށް މީހަކު ނެގުމަކީ އަޅުގަނޑުމެން އެއިރު ދުށްތަނުގައި، އަބުއި ކަމެކެވެ. ނުގަވާއިދުން ނެގިޔަސް ބޭބީ ނާސަރީ ފެންވަރުގެ ތައުލީމު ހުރި މީހަކު ލުމަކީ އަދި ވަކިން ބޮޑަށް އަބުއި ކަމެކެވެ. މަގާމުތަކަށް އޭރުގައި އަންނަނީ ކަރަކަރައިން ކިޔަވައިގެން ޑިގުރީތަކާއި މިހަކަލަ ނަންނޭނގޭ ފާސްތައް ހުންނަ މީހުންނެވެ. މިހާރުގެ ދެކެވިފައި މިއޮންނަނީ ވަޒީފާއަކީ މެމްބަރު ނުވަތަ ސިޔާސީ މީހަކު ދީފިއްޔާ ހަމަ ހެޔޮވަރު ކަމެއް ކަމުގައެވެ. މިއީ މެމްބަރު ބުނީތީ ނުވަތަ ސިޔާސީ މީހަކު ބުނީތީ ފިރިހެނަކު އަންހެން ހެދުމެއް ލައިގެން ނުކުތުން ކަހަލަ ކަމެއް ނޫންހެއްޔެވެ؟
މެމްބަރު ކަމަށް، ނުވަތަ ވޯޓުލާ އެހެން މަގާމަކަށް ވިޔަސް ކެންޕޭނަށް ނުކުންނަނީ ލިސްޓު ހަދައިގެން، ހުރި މަގާމު ނޯޓުކޮށްގެން އިތުރަށް ދޭންޖެހޭ މަގާމުވެސް ނޯޓު ކޮށްގެންނެވެ. އެޖެންޑާގެ އެންމެ ކުރީގައި އޮންނަނީ ވަޒީފާ، ޕްރޮމޯޝަނެވެ. ދެން ލާރި ބެހުމެވެ. ބައެއް ފަހަރަށް ދޮންނަމެޝިނާއި އިސްތިރިއެވެ. ނުކިޔަވާ ތިބޭ ޖާހިލުން ގޮނޑިގޮނޑީގައި ތިބެނީ މިހެންވެއެވެ. ބައެއްފަހަރު ހީވާނީ ކުރިމަތިލައިގެން އުޅޭމީހާގެ ނުވަތަ ޕާޓީ ބޮޑުމީހާގެ ތަރިކަ މުދަލުން ބަހާހެންނެވެ.
ރިލީޒް ހޯދުމާއި، ފޯނުން "ފިންގާ"ޖެހުމާއި، އޯޓީ ޖެހުމާއި، ޕްރޮމޯޝަން ޖެހުމާއި، ޖޮބެއް ހޯދުމާއި، ޖޮބެއްގެ ކަންތަކުގައި ބުނުމާއި، ގުރޭޑެއް ޖެހުމާއި މިހިރަ މިހިރަ ބަސްބަހީ ނުކިޔަވާ ވަޒީފާ ހޯދާ ގުރޫޕާއި ވާހަކަ ދައްކާލައިފިނަމަ ފުރަތަމަ އަންނާނެ ބަސްބަހެވެ.
ތަންތަނަށް ބޭނުންނުވާ ވަރަށް މީހުންނެގުމާއި، ނުކިޔަވާ ތިބޭ ގާބުރިބުރި ތަންތަނަށް ލުމާއި މިހެންގޮސް ހުރިހާކަމެއް ބޮއްސުންލައިގެންގޮސް ހައްލުނުކުރެވޭ ދަރަޖައަށް ދިޔައިރުވެސް ގައުމަށް މިއިން ވާނެ ގެއްލުން އަންދާޒާކޮށްލާނެ ސިޔާސީމިހަކު ނުފެނެއެވެ. މީހަކު ކަންބޮޑުވެގެން އުޅޭތަނެއްވެސް ނުފެނެއެވެ. މޮޅު ފާސް ހޯދާ ކުދިންނަށް އިނާމުދޭން އެއްޖަލްސާއަށް ނުކަތައިގެން ތިން ހަތަރު ޖަލްސާ ބާއްވަންޖެހޭއިރުވެސް، ކޮންމެ ދުވަހަކު ވިލާތުން ކިޔަވައިގެން އެތައްކުދިންނެއް އަންނައިރުވެސް ސަރުކާރުގެ ހުރިހާ އިދާރާއެއް ފުރިފައި ތިބީ ނުކިޔަވާ "ބޮޓުން"ނެވެ. ކިޔަވައިގެން އައި ކުދިން އެތިބީ ސެޓުފިކެޓު ފޮޓޯ ފުރޭމަކަށްލައިގެން އެއަށް ބަލާށެވެ.
ލޯޑް ކުރަނީ…
ނިޒާމު
"އޮޅުވާލުމަކީ މިއެވެ. އެމީހަކު ހުރި ރަށެއްގައި، އާބާދީ ކިތަންމެ ކުޑަޔަސް އުޅެވޭނެ ގޮތަށް ތަރައްގީ ކުރުމަކީ މިގައުމަށް ކެތްވާނެ ކަމެއް ނޫނެވެ. މީހުން ނެތް ތަނެއްގައި ހިދުމަތެއް ނުދެވޭނެއެވެ. ހުރިހާ ކަމަކަށް ބޮޑު ހަރަދު ކުރަންޖެހޭ މިޒަމާނުގައި، "އިކޮނޮމީސް އޮފް ސްކޭލަށް" ނުބަލައި އުޅެން ދިމާކުރުމަކީ އޮޅުވާލުމެކެވެ."
ސިޔާސީ
"އެމްޑީޕީ ރަޖިސްޓަރކުރީ 26 ޖޫން 2005 ގައެވެ. ދެނަކާއިދެނެއް ނެތެވެ. ނުކިޔަވާ ތިބި ހުރިހާ އެންމެނާއި، ވަގުންނާއި، ޓައީ އަޅާހިތްވެ ނޭޅިފައި ތިބި ހުރިހާ އެންމެނާއި ރަނގަޅަށް ޒުވާބުކުރަން އެނގޭ އެންމެންނާއި މިކަހަލަ އެތައް ބަޔަކު ކުރަންތިބި ހުރިހާ ކަމެއް ދޫކޮށް މިކަމުގެ ތެރޭގައި ވަކިހިއްޕާލައިފިއެވެ."
ސިޔާސީ
"ދެނަކާދެނެއް ނެތެވެ! އަނެއްކާވެސް ބޮޑު ބަދަލުގެ ބަރު ހަތިޔާރު ނެންގެވީ އެމްޑިޕީއަށް ހީވެސް ނުކުރާވަރުގެ ކާމިޔާބެއް އިންތިހާބުން ލިބި، ރިޔާސީ އިންތިހާބު ލިބި، ވެރިކަން ލިބިދާނޭމަގު ފެނުމުންނެވެ. ހަރު އަޑުން، އެމްޑިޕީއަކީ އެންމެ ލޯބިވާ ކަމަށާއި، ބަދަލު ވާންޖެހޭ ކަމަށާއި، ނުވެ ނުވާނެކަމަށައި، އެމްޑީޕީ ތިމަންނާނޫން މީހަކަށް ނުހިންގޭނެ ކަމަށް ކިޔައިފިއެވެ."